އިޓަލީވިލާތް

Article in other languages:

Italian Republic
Repubblica Italiana
AnthemIl Canto degli Italiani
(also known as Inno di Mameli)
The Song of the Italians
Capital
(and largest city)
Rome
41°54′N 12°29′E / 41.9, 12.483
Official languages Italian1
Ethnic groups  93.5% Italian
2.72% Romanians, Albanians, Moroccans
Demonym Italian
Government Parliamentary republic
 -  President Giorgio Napolitano
 -  Prime Minister Silvio Berlusconi
Legislature Parliament
 -  Upper House Senate
 -  Lower House Chamber of Deputies
Formation
 -  Unification 17 March 1861 
 -  Republic 2 June 1946 
EU accession 25 March 1957 (founding member)
Area
 -  Total 301,338 km2 (71st)
116,346 sq mi 
 -  Water (%) 2.4
Population
 -  2009 estimate 60,157,214[1] (23rd)
 -  2001 census 56,995,744 
 -  Density 199.6/km2 (54th)
517/sq mi
GDP (PPP) 2008 estimate
 -  Total $1.817 trillion[2] (10th)
 -  Per capita $30,631[2] (27th)
GDP (nominal) 2008 estimate
 -  Total $2.314 trillion[2] (7th)
 -  Per capita $38,996[2] (21st)
Gini (2000) 36 (medium
HDI (2007) Green Arrow Up Darker.svg 0.951[3] (very high) (18th)
Currency Euro ()2 (EUR)
Time zone CET (UTC+1)
 -  Summer (DST) CEST (UTC+2)
Drives on the right
Internet TLD .it3
Calling code 394
1 French is co-official in the Aosta Valley; Slovene is co-official in the province of Trieste and the province of Gorizia; German and Ladin are co-official in the province of Bolzano-Bozen.
2 Before 2002, the Italian Lira. The euro is accepted in Campione d'Italia, but the official currency is the Swiss Franc.[4]
3 The .eu domain is also used, as it is shared with other European Union member states.
4 To call Campione d'Italia, it is necessary to use the Swiss code +41.

އިޓާލިޔަން ރިޕަބްލިކް ނުވަތަ އިޓަލީވިލާތަކީ ދެކުނު ޔޫރަޕުގެ އިޓާލިޔަން ޕެނިންސޫލާ އާއި މެޑިޓެރޭނިޔަން ކަނޑުގައި އޮންނަ ބޮޑު ދެރަށް ކަމުގައިވާ ސިސިލީ އާއި ސަރްދީނިޔާގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ. މިނިވަން ދެ ދައުލަތް ކަމުގައިވާ ސެން މަރީނޯ އާއި ވެޓިކަން ސިޓީ އޮންނަނީ އެ ދެ ދައުލަތުގެ ވަށައިގެން އިޓަލީ އޮންނާނެހެންނެވެ. މި ދެ ދައުލަތުގެ ހުރިހާ ފަރާތެއްގެ ބޯޑަރުވެސް ޙިއްޞާކުރަނީ އިޓަލީއާއެކުގައެވެ. މިއަދު އިޓަލީގެ ގޮތުގައި އޮތް ސަރަޙައްދަކީ ޔޫރަޕުގެ އެތައް ސަގާފަތެއް އެތަނުގައި އުފަންވެގެން އައި ބިމެވެ. އިޓަލީވިލާތުގެ ވެރިރަށް ކަމުގައިވާ ރޫމަކީ ހުޅަނގުގެ މަދަނިއްޔަތާއި ޙަޟާރަތުގެ އުނގެވެ. މެދުޒަމާނާ ހަމަޔަށް އައިއިރު ވެސް އިޓަލީ އޮތީ ތަފާތު ވަކިވަކި ރަސްކަންތަކެއްގެ ގޮތުގައެވެ. މި ގޮތުން ކިންގްޑަމް އޮފް ސަރްދީނިޔާ އާއި ކިންގްޑަމް އޮފް ދަ ޓޫ ސިސިލީސް އާއި ޑަޗީ އޮފް މިލާން ފާހަގަކޮށްލެވެއެވެ. އިޓަލީވިލާތް މިހާރު މި އޮތް ގޮތަށް އެކުވެގެން އައިސްފައިވަނީ 1861 ވަނަ އަހަރުގައެވެ.

ފިހުރިސްތު

އަވަސް ކަޅިއަކުން ބަލައިލުމެއް

އިޓަލީވިލާތުގެ ރަސްމި ބަހަކީ އިޓަލީ ބަހެވެ. ޤައުމުގެ މީހުންނަށް އިނގިރޭސިބަހުން ކިޔަނީ އިޓާލިޔަނުންނެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ރޫމެވެ. ވެރިކަން ކުރަނީ ވެސް ރޫމުގައެވެ. މި ޤައުމަކީ ޕާލަމެންޓަރީ ޖުމްހޫރިއްޔާއެކެވެ. އާބާދީއަކީ 60 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ it. އެވެ. ކޯލިން ކޯޑަކީ +39 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ނަން

އިޓަލީގެ ނަމަކީ ލެޓިން ބަހުން އައިސްފައިވާ ނަމެކެވެ. މި ނަމުގެ އިނގިރޭސި މާނައަކީ “ލޭންޑް އޮފް ޔަންގް ކެޓްލް” އެވެ. ޖުޣުރާފީ އިޓަލީއާއެކު ބޯޑަރު ޙިއްޞާކުރާ ޤައުމުތަކަކީ ފަރަންސޭސިވިލާތާއި، ސުވިޒަލޭންޑާއި، އޮސްޓްރިޔާ އާއި ސްލޮވީނިޔާއެވެ. މީގެ އިތުރުން އިޓަލީގެ ތެރޭގައިވާ ސެން މަރީނޯ އާއި ވެޓިކަން ސިޓީއެވެ.

ތާރީޚު

އިޓަލީގެ އެތަން މިތަނުގައި ކުރެވިފައިވާ އާކިޔޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި މީގެ އެތައް ހާސް އަހަރެއް ކުރީއްސުރެ އިޓަލީގައި އިންސާނުންވަނީ ދިރިއުޅެން ފަށާފައެވެ. މީލާދުގެ ކުރީން 8 ވަނަ ޤަރުނާއި 7 ވަނަ ޤަރުނާ ދެމެދުގައި ޔޫނާނީންގެ މީހުން ވަނީ ސިސިލީގެ އައްސޭރިފަށުގައި ދިރިއުޅެން ފަށާފައެވެ. ޤަދީމީ ރޫމަކީ މީލާދުގެ ކުރީން 8 ވަނަ ޤަރުނާ ހިސާބުގައި ދަނޑުވެރިކަންކޮށް އުޅުނު ކުޑަކުޑަ އާބާދީއެކެވެ. ފަހުން މިތަން ދިރެމުން ގޮސް މުޅި ދުނިޔެއަށް ނަންވިދާލާ ފަދަ ޝަހަރަކަށް ވެގެންދިޔައީއެވެ. ރޫމާނީންގެ އަމްބަރާޠޫރިއްޔަތު ދިޔައީ މީލާދީން 2 ވަނަ ޤަރުނާ ހަމަޔަށް ވަރަށް ބޮޑަށް ކުރި އަރަމުންނެވެ. މީލާދީން ދެވަނަ ޤަރުނާ ހިސާބުގައި މި ބިޔަ ވެރިކަން ދެބައިވެގެންދިޔައެވެ. އެއްބަޔަކީ ވެސްޓަން ރޯމަން އެމްޕަޔަރ އެވެ. އަނެއް ބަޔަކީ އީސްޓަން ރޯމަން އެމްޕަޔަރ ނުވަތަ ބައިޒަންޓައިން އެމްޕަޔަރއެވެ. 19 ވަނަ ޤަރުނާ ހަމަޔަށް އައި އިރު އިޓަލީވިލާތަކީ ޔޫރަޕުގެ އެހެން ޤައުމުތަކެކޭ އެއްފަދައިން އިސްތިޢުމާރީ ބޮޑު ބާރެކެވެ. ލީބިޔާ އާއި އެރިތްރިޔާ އާއި ސޯމާލިޔާލޭންޑާއި އިތިޔޯޕިޔާ އާއި އަލްބޭނިޔާ އާއި ރޮޑީޝިޔާ އާއި ޗައިނާގެ ބައެއް ތަންތަން ވެސް އޮތީ އިޓަލީގެ ދަށުގައެވެ.

ޑެމޮގްރަފިކްސް

އާބާދީގައި 60 މިލިޔަން މީހުން ތިބި އިޓަލީ ވިލާތަކީ އާބާދީގެ ގޮތުން ދުނިޔޭގެ 23 ވަނަ ޤައުމެވެ. އަދި ޔޫރަޕިއަން ޔޫނިއަންގައި އޮތް ހަތަރުވަނައަށް އެންމެ ބޮޑު އާބާދީއެވެ. އިޓަލީގެ އާބާދީގެ 93.52% އަކީ އިޓާލިޔަނުންނެވެ. 1.32% އަކީ ރުމޭނިޔަނުންނެވެ. 1.01% އަކީ އުތުރު އެފްރިކާ ނަސްލުގެ މީހުންނެވެ. 0.73% އަކީ އަލްބޭނިޔާ ނަސްލުގެ މީހުންނެވެ.

ސަގާފަތު

މިއަދު މުޅި ދުނިޔެއަށް ބަލާއިރު ވެސް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓުތައް އެންމެ ގިނަ އެއް ޤައުމުކަމުގައިވާ އިޓަލީއަކީ އާޓާއި ސަގާފަތުގެ ރޮނގުން އަދި ހަމަ އެހެންމެ އަދަބިއްޔާތުގެ ރޮނގުން ވަރަށް ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ޤައުމެކެވެ. އިޓަލީވިލާތުގެ ރޯމަކީ މުޅި ޔޫރަޕަށް ބަލާއިރު ތިންވަނައަށް އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ޝަހަރެވެ.

އިޤްތިޞާދު

އިޓަލީއަކީ ދުނިޔޭގައި ހަތްވަނައަށް އެންމެ ކުރިއަރާފައިވާ އިޤްތިޞާދެވެ. ޔޫރަޕުގެ ހަތަރުވަނަ އިޤްތިޞާދެވެ. އިޓަލީގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 30631 ޑޮލަރެވެ.


Cite error: <ref> tags exist, but no <references/> tag was found

Questions for article:

This article is from Wikipedia. All text is available under the terms of the GNU Free Documentation License.


IHS Europe: Infrared Heating Systems for Home and Business.